1- ޕްރމެކަލްޗާރ އަކީ ކޮބާ؟

(ފުރަތަމަ ބައި)

ޕްރމެކަލްޗާރ އަކީ ދަނޑުގޮވާންކުރުމާއި ބަގީޗާ ހައްދާބެލަހައްޓާ ގިނަ ގޮތްތަކާ ތަފާތު ނަޒަރިއްޔާތެކެވެ. އެގޮތުން ޕްރމެކަލްޗާރގެ އެންމެ ބޮޑު ތަފާތަކީ: ތިމާވެށީގައި ހިމެނޭ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަނޑުތަކާއި، ޖައްވާއި، އެތަންތަނުގައިވާ ތަކެއްޗާއި، އެތަންތަނުގައި އުޅޭ ތަކެތި  އިންސާނުންގެ ފައިދާއަށް ބޭނުން ކުރުމުމުގައި އެ މާހައުލެއްގެ ގުދްރަތީ ނިޒާމުތަކުގެ ތަބީއީ ސިފަތަކާއި ހަމަތައް ބަލާ  އެގުޅުންތަކަށް ބުރު ނާރާހެން ވީހާވެސް އެއްގޮތްކޮށް އެއްބައި އަނެއްބަޔާ ގުޅޭނޭހެން، އުސޫލު ތަކާއި ފަރުމާތައް ބައްޓަންކުރުމުވެ. ގުދުރަތީ ނިޒާމުގެ ދެމެހެއްޓެނިވި ގޮތްތައް އިންސާނީ ފަރުމާތަކުގައި އެކުލަވައިގެން ފަރުމާ ކުރެވޭ ބިނާވެއްޓެވެ

 

ޕްރމެކަލްޗާރ ގެ އަސާސްއަށް ދިރިއުޅުމުގެ ބޭނުންތަކަށް ބިމެއް ފަރުމާކުރާއިރު އެ މާހައުލީ ނިޒާމުތަކުގައި އުފެދޭ ހުރިހާ ތަކެތީގެ ދައުރާއި ހަކަތަ އުފެދި ދައުރުވާ ގޮތް ދަނެގަނެވެއެވެ. އަދި “ކްލޯސްޑް ލޫޕް” ނުވަތަ “ސާރކިއުލާ އިކޮނޮމީ” އެއް ފަރުމާކުރުމަށް މަސައްކަތްކުރެއެވެ. ގުދުރަތީ ބިންގަނޑާ، އެހެނިހެން ގުދުރަތީ ނިޒާމުތައް ހެދިފައިވާ ގޮތްތަކަށް ބަލާ، ވިސްނުންތެރިކަމާއި އެކީ  ގުދުރަތީ ނިޒާމުތައް ނަކަލްކޮށް، ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ މިންވަރަށް އެ ނިޒާމަކުން ލިބޭ ހިދުމަތްތައް ހޯދުމަކީ ޕްރމެކަލްޗާރގެ އަސާސްއެކެވެ. ކާނާއާއި ތަކެއްޗާއި ހަކަތަ، އުފައްދާ އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގައި އެއްނިޒާމު އަނެއް ނިޒާމަށް ވާގިވެރިވާ އިންތިޒާމުތަކެއް ރޭވުން މުހިއްމުކަމަށް ދެކެއެވެ.  މިސާލަކަށް: ތަރުކާރީއާއި ހެއްދުމުގައި ކުކުޅު ގެންގުޅެވިދާނެއެވެ.އަދި ކުކުޅުން ލިބޭ ފައިދާ ބިހާއި އެއްގަމުމަހުގެ އިތުރުން ކުކުޅު ގުއި ކާނާގެގޮތުގައި ބޭނުންކޮށް، ބައެއް އުކާލެވޭ ކާބޯތަކެތި ކުކުޅަށް ކާންދީ އިސްރާފު ކާނާއަށް ބަދަލުކުރެވެއެވެ.      ޕްރމެކަލްޗާރގެ އުސޫލަށް ކުރެވޭ ހުރިހާ ފަރުމާތަކާއި އިންސާނާ އެތަނެއްގައި އުޅޭ އުޅުންވެސް ބިނާވަނީ ހަމަތަކެއްގެ މަތީންނެވެ.  އިސްރާފާއި ވެއްޓަށް ގެއްލުންވާ ވިޔާނުދާ އާދަތައް ނައްތާލުމުގެ މަގްސަދުގައިއެވެ

ދުނިޔޭގައިފެތުރިފައިވާ އިންޑަސްޓްރިއަލް ނުވަތަ ފަނާކުރަނިވި ތަރައްގީގައި ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރަމުން އައި ގޮތްތަކުގެ މައިގަނޑު ނިޔަތަކީ ހަމައެކަނި ލިބޭ ފައިސާ އަށާއި ހެއްދޭމިންވަރު ގިނައިތުރުކުރުމެވެ.ސައެންސްގެ ހޯދުމުގެ އަލީގައި ޕްރޮފިޓްގެ ފޯރީގައި ވަށައިގެންވާ މާހައުލަށާއި، ދިރޭތަކެއްޗަށާއި އަދި އެ ރަށެއް ނުވަތަ އެގައުމެއްގެ އަހުލުވެރީންނަށް ކުރަމުންދިޔަ ނޭދެވޭ އަސަރު ތަކުގެ ގިނަގުނަކަމުން ވަރަށްގިނަ ބަޔަކު ތަފާތު ގޮތްތައް ވިސްނައި ދިރާސާކުރަން ފެށިއެވެ. ގައުމުތަކުގެ ވެރިންނަށާއި ބޮޑެތި ވިޔަފާރިވެރިންނަށް އިތުބާރުގެއްލުނެވެ. ސިޔާސީވެރީންގެ މަކަރުވެރިކަމުން ސަލާމަތްވުމަށް އަމަލީ މަސައްކަތް، ފަރުދީ ލެވަލްގައިޔާއި އެކިއެކި މަދަނީ ޖަމިއްޔާތައް ހަދައިގެން ކުރަންފެށުނެވެ.  ވޭތުގޮސައިވާ ޒަމާންތަކުގައި، ޒަމާނީ “ތެޔޮ” ތަރައްގީގެ ކުރީގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އުކުޅުތަކަށް ވިސްނާންފެށިއެވެ.  ޕްރމެކަލްޗާރ- މިނަމުގެ ކުރީގައި ބޭނުންކުރަމުން އައި ގޮތަކީ “ޕާރމެނަންޓް އެއްގްރިކަލްޗާރ” ނުވަތަ ދާއިމީ ދަނޑުވެރިކަން  މިގޮތަށެވެ. މިހާރު މިލަފްޒް މިވަނީ ބަދަލުވެ އިތުރަށް ފުޅާވެ އިންސާނާވެސް މި ޕޯރމިއުލާގެ ތެރެއަށް ވައްދާ “ޕާރމެނޓް ކަލްޗާރ” އަށްވެފައެވެ. ޕްރމެކަލްޗާރ އުފަންވީ 1970 ގެތެރޭގައި  ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވިތަރައްގީ އިންގިލާބީ ހަރަކާތްތަކުގެ ތެރެއިންނެވެ. މި ލަފުޒު މަށްހޫރުކުރީ؛ ދެމެހެއްޓެނިވި ގޮތްތައް އެއްފުރާޅެއްގެ ދަށަށްގެނެސް ހަމަތަކަކަށް ތަރުތީބުކޮށް ލިޔުނު އޮސްޓްރޭލިއާގެ ބިލް މޮރިސަން އާއި ޑޭވިޑް ހޮލްމްގްރެންއެވެ

 

ޕްރމެކަލްޗާރގެ އުސޫލުތައް ދަމަހައްޓާ ރަށެއް

ދަނޑުވެރިކަމުގައިޔާއި ހުސްބިން، ތަގައްޔަރުވެފައިވާ ބިންގަނޑު، ހިއްކިބިން އާބާދުކުރުމުގައި، ޓައުނު ސިޓީ ފަރުމާކުރުމުގައި، އަދި ވެށީގެ ރައްކަލަކަށް، ގުދުރަތީ ހާދިސާތަކުން ވިލުން ގަދަ ކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް ވެސް ޕްރމެކަލްޗާރ ކޮންސެޕްޓްތައް ބޭނުންކުރެއެވެ. ޕާމެކަލްޗާރގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމުން އަހަރަމެން އިންސާނުންނަށް ކުރާ ސީދާ އަދި ނުސީދާ ފައިދާތައް ދަމަހައްޓައި އިތުރުވެ، ޖަޒީރާ ރާއްޖެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ހިއްސާވެ ޒިންމާވާ ބަޔަކަށް އަހަރަމެން ވާނެއެވެ

References.

https://livelearn.org/what/resources

https://en.wikipedia.org/wiki/Permaculture

https://ethical.net/ethical/permaculture-principles/

https://gaanoon.com/regulations/page/1481

Ministry of Environment, (2021). A Guide to Groundwater Protection & Improvement Measures in Maldives. Ministry of Environment, Male’, Maldives

Leave a Comment

Your email address will not be published. Required fields are marked *